ދުވަހުގެ މޫސުން: ދެކުނަށް ވިއްސާރަ، މެދާއި އުތުރަށް ކެރީގެ އަސަރު

ދުވަހުގެ މޫސުމަށް ބަލާލާއިރު މިއަދު ދެކުނަށް ވިއްސާރަ ކަމަށާއި މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެނ...

08 Oct 2022 | 05:06

ދުވަހުގެ މޫސުމަށް ބަލާލާއިރު މިއަދު ދެކުނަށް ވިއްސާރަ ކަމަށާއި މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވާއިރު މިއަދު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް