އަހަރެން ކައިވެނި ނުކުރަނީ ކީއްވެތޯ ވަރަށް ގިނަ އަންހެން ކުދިން ސުވާލުކުރޭ - މާނޭ

ކައިވެނި ނުކޮށް ހުސްހަށިބައި ހުންނަނީ ކީއްވެތޯ ވަރަށް ގިނަ އަންހެން ކުދިން ސުވާލުކުރާ ކަމަށް ސެނެގާލް އާއި ބަޔާން މިޔުނިކްގެ ފޯވާޑް ސަދިއޯ މާނޭ ބުނެފިއެވެ. މާނޭ ބުނީ ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާ ...

08 Oct 2022 | 04:18

ކައިވެނި ނުކޮށް ހުސްހަށިބައި ހުންނަނީ ކީއްވެތޯ ވަރަށް ގިނަ އަންހެން ކުދިން ސުވާލުކުރާ ކަމަށް ސެނެގާލް އާއި ބަޔާން މިޔުނިކްގެ ފޯވާޑް ސަދިއޯ މާނޭ ބުނެފިއެވެ.

މާނޭ ބުނީ ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާ މެދުވެރި ކޮށާއި އެހެނިހެން ގޮތްގޮތުން ވެސް ގިނަ އަދަދެއްގެ އަންހެން ކުދިން އޭނާ ކައިވެނި ނުކޮށް ހުސްކޮށް ހުންނަނީ ކީއްވެތޯ ސުވާލުކުރާ ކަމަށާއި އަދި އެ ސުވާލުކުރާކުދިން އެކުރަނީ ބޭކާރު ކަމެއް ކަމަށް ބުނެ ޖަވާބުދީފައި ވާނޭ ކަމަށްވެސް އޭނާ ބުންޏެވެ.

މާނޭ އިތުރަށް ބުނީ ސޯޝަލް މީޑިއާ، (ފޭސްބުކް، ޓްވިޓާ، އިންސްޓަގްރާމް، ޓިކްޓޮކް) ފަދަ ނެޓްވޯކްތައް ބޭނުންކުރާ އަންހެން ކުދިންނާއި ކައިވެނި ކުރަން ބޭނުންނުވާ ކަމަށާއި އެފަދަ ވަސީލަތްތައް ބޭނުންކުރާ ކުދިންނަކީ ކައިވެނި ކުރަން އެންމެ ރަނގަލު ކުދިން ކަމަށް ޤަބޫލު ނުކުރާކަމަށެވެ.

ކައިވެނި ކުރުމާއި ކައިވެނި ކުރާނެ ކުއްޖަކު އިޚްތިޔާރުކުރުމަކީ އަމިއްލަ އިޚްތިޔާރުގައި ވާކަމެއް ކަމަށާއި ވަގުތު ޖެހުމުން އެ ހުރިހާކަމެއްވެސް ހަމަޖެހޭނެ ކަމަށް މާނޭ ބުންޏެވެ. އަދި ކައިވެނި ކުރަން ބޭނުންވަނީ އަޚުލާގު ރަނގަޅު ކިޔަމަން ތެރި އިސްލާމްދީނަށް ލޯބިކުރާ އަންހެން ކުއްޖަކާއި ކަމަށް ވެސް މާނޭ ބުންޏެވެ.

" އަހެރެން ކައިވެނި ނުކުރަނީ ކީއްވެތޯ ގިނަ އަންހެން ކުދިން ސުވާލުކުރޭ. އެއީ އަހަރެންގެ އަމިއްލަ ކަމެއް. ވަގުތު ޖެހުމުން އެ ހުރިހާކަމެއް ވެސް ހަމަޖެހޭނެ. ކައިވެނިކުރަން ބޭނުންވަނީ އަޚްލާގު ރަނގަޅު، އިސްލާމް ދީނަށް ލޯބިކުރާ ކުއްޖަކާ." މާނޭ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް