ބޭނުންނަމަ މިހާރުގެ ކުލަބު ރެއާލް މެޑްރިޑާއި އެކު އެއްބަސްވުން އައުކުރުމުގެ ފުރުސަތު ޓީނީ ކްރޫސް އަށް އެބައޮތް ކަމަށާއި ރަނގަޅީ އިތުރު އެއް އަހަރަށް ކުލަބުގައި މަޑުކޮށްދިނުން ކަމަށް ރެއާލް މެޑްރިޑް ގެ ކޯޗު ކާލޮސް އެންޗެލޮޓީ ބުނެފިއެވެ.
ކްރޫސް ރެއާލް އާއި އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އެންޗެލޮޓީ ބޭނުންވަނީ އިތުރު އެއް އަހަރު ކްރޫސް ރެއާލުގައި މަޑުކުރުވާށެވެ. އަދި ކްރޫސްގެ އެއްބަސްވުން އަުކުރުމަށް ރެއާލުން މިހާރުޔވަނީ ނިންމާފައެވެ.
ނަމަވެސް ކްރޫސް ރެއާލްގެ އެއްބަސްވުން އައުކުރުމާއި މެދު އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ކްރޫސްގެ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އެންޗެލޮޓީ ބުނީ ކްރޫސް އަކީ ރެއާލްއަށް ވަރަށް ޙާއްސަ ކުޅުންތެރިއެއް ކަމަށެވެ. އަދި ރެއާލުގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ އިތުބާރު ކުޅުންތެރިއަކީ ވެސް ކްރޫސް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ކަމުން ކްރޫސް ކުލަބުގައި މަޑުކޮށްދިނުމަކީ ކުލަބުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށް އެންޗެލޮޓީ ބުންޏެވެ.
" ކްރޫސް އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އިތުރު އެއް އަހަރު ކުލަބުަގައި މަޑުކޮށް ދިނުމަކީ ވަރަށް ބޮޑަށް އެދޭކަމެއް." އެންޗެލޮޓީ ބުންޏެވެ.
ކްރޫސް ރެއާލް އާއި ގުޅުނީ 2014 ވަނަ އަހަރު ބަޔާން މިޔުނިކުންނެވެ. އަދި މިއީ އޭނާ ރެއާލުގައި ހޭދަކުރާ ނުވަނަ ސީޒަނެވެ. ކްރޫސް ވަނީ ރެއާލް އާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލ؛ީގު ތިންފަހަރު، ޔޫއެފާ ސުޕަކަޕް ދެ ފަހަރު އަދި ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު ހޯދާފައިވެއެވެ.
ކްރޫސް ވަނީ މިހާތަނަށް ރެއާލަށް ކުޅެދިން 375 މެޗުގައި 25 ގޯލު ޖަހައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް