ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނީ، އެއަތޮޅު އިނގުރައިދޫ، އިންނަމާދޫ، މާކުރަތު އަދި ދުވާފަރަށެވެ. އަދި އެ އަތޮޅު ވަންދޫއަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ސިއްޙީމަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާނެ އެވެ.
މީގެ އިތުރުން ރ.ދުވާފަރުގައި އޮންނަ "ރ. ޓޫރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރިމާލެ ވަޑައިގަންނަވާނީ، މާދަމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް