ރާއްޖޭގައި ބޭރުގެ ޤައުމުތަކުގެ ސިފައިންނަށް ތިބެވޭނެ ޖާގަ އެމްއެންޕީގެ ވެރިކަމެއްގައި ނުދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ފަސްގަނޑު އިންޗިއެއްހާ މިންވަރުވެސް ބޭރުގެ ބާރުތަކަށް ދިނުމަކީ ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށެވެ.
"އެމްއެންޕީން ސިޔާސީ މައިދާނުގައި މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތުގަ. ރާއްޖޭގެ މިނިވަންކަމާއި ސިޔާސަދަތާއި އިސްތިޤުލާލާއި ކުޅެލުމުގެ އެއްވެސް ޖާގައެއް އެމްއެންޕީ އޮއްވައި ނުދެވޭނެ." ނާޒިމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ ޖޭއެސްސީއަކީ ވަކި މީހެއްގެ ނުވަތަ ބަކި ބައެއްގެ ކޮންޓްރޯލްގައި އޮންނަ ތަނެއްގެ ގޮތުގައި ނުހަދާ ޖުޑީޝަރީ މިނިވަން ކުރުން ކަމަށެވެ.
އެމްއެންޕީގެ އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ އަދުލު އިންސާފަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުން ހިމެނޭ ކަމަށާއި އެކަން އެ ޕާޓީން ކުރާނެ ކަމަށް ވެސް ކުރީގެ ޑިފެންސް މިނިސްޓަރ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް