މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިންގެ ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިން (އެމްއެސްއެސް) ގެ ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ. މިއީ އެސްޓީއޯގެ ޝިޕިންގ ލައިންގެ ބޯޓުގެ ވަޒީފާތަކަށް އިއުލާނުކުރި ފުރަތަމަ ފަހަރެވެ. އަދި މި ވަޒިފާތަކަށ...

08 Oct 2021 | 17:32

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ލައިން (އެމްއެސްއެސް) ގެ ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މިއީ އެސްޓީއޯގެ ޝިޕިންގ ލައިންގެ ބޯޓުގެ ވަޒީފާތަކަށް އިއުލާނުކުރި ފުރަތަމަ ފަހަރެވެ. އަދި މި ވަޒިފާތަކަށް ވަނީ ބޮޑު މުސާރަ ވެސް ކަނޑައަޅާފަ އެވެ.

އެސްޓީއޯ އިން މީގެ ކުރިން ބޭނުން ކުރިީ ބޭރުގެ ފަޅުވެރިން ނެވެ.

އެކުންފުނިން ކުރިން ގެންގުޅުނު 700 ކޮންޓެއިނަރ ބޯޓުގެ އެއްބަސްވުން ހަމަވެފައިވާތީ، އެ ބޯޓު އަނބުރާ ހަވާލުކޮށްފަ އެވެ. މިހާރު ގެންގުޅެނީ 400 ކޮންޓެއިނަރުގެ ބޯޓެކެވެ.

އެމްއެސްއެސް އިން ބޭނުންވަނީ މިހާރު ގެންގުޅޭ ބޯޓުގެ ހުރިހާ މަގާމެއްގައި ވެސް ދިވެހިން ބޭތިއްބުމަށެވެ.

އެމްއެސްއެސް އިން ހުޅުވާލި ވަޒީފާތައް:

– ޗީފް އިންޖިނިއަރ 1: މުސާރަ 107،940ރ.

– ސެކަންޑް އިންޖިނިއަރު 1: މުސާރަ 92،520ރ.

– ޗީފް އޮފިސަރު 1: މުސާރަ 92،520ރ.

– ސެކަންޑް އޮފިސަރު 1: މުސާރަ 53،970ރ.

– އިލެކްޓްރިޝަން 1: މުސާރަ 53،970ރ.

– ވެލްޑަރު 1: މުސާރަ 19،620ރ

– ބޯސަން 1: މުސާރަ 18،504ރ.

– ޗީފް ކުކް 1: މުސާރަ 19،000ރ.

– އޭބަލް ސީމަން 3: މުސާރަ 15،400ރ.

– މެސް ބޯއި 1: މުސާރަ 13،560ރ.

– އޮއިލަރ 2: މުސާރަ، 15،400ރ.

މި ވަޒީފާތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:30 އެވެ. ވަޒީފާތަކާ ބެހޭ އިތުރު މައުލުމާތު http://sto.mv/career އިން ލިބޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް