ފާއިތުވި 24 ގަޑި އިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ 46 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ އޭގެ ތެރޭގައި ހިމެނެނީ މާލެއިން 07 މީހުންނާއި އަތޮޅުތަކުން 35 އަދި ރިސޯޓުތަކުން 4 މީހުން މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިއަދުގެ އަދަދާއެކު ރާއްޖެއިން 85،394 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ.
ފާއިތުވި 24 ގަޑި އިރު، 3،121 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 1،339 އެވެ. އަދި 15 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން ފަރުވާ ހޯދައިގެން 83،809 މީހުން ރަނގަޅުވެފައިވާ އިރު، އެބަލީގައި ނިޔާވެފައިވަނީ 233 މީހުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް