ހޯމް މިނިސްޓަރ އިމްރާން އަބްދު ﷲ މިއަދު ހއ. އިހަވަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އިހުތިޖާޖުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށު ރައްޔިތުން އިހުތިޖާޖު ކުރީ ހޯމް މިނިސްޓަރ އިމްރާން އެ ރަށަށް ފައިބައިވަޑައިގެން ވަގުތު ބަނދަރު މަތީގަ އެވެ.
އެމީހުންގެ އިހުތިޖާޖުގައި ގޮވާލާފައިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށެވެ. އަދި އެމީހުން ތިބީ އެފަދަ ޝުޢޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ނެވެ.
މީގެ އިތުރުން ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ވެސް ވަނީ އަޑު އުފުލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް