އެމްއެންޕީގެ އަސާސީ ގަވާއިދު، ލޯގޯ އަދި ދިދަ ފާސްކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަސާސީ ގަވާއިދާއި ލޯގޯ އަދި ދިދަ ފާސްކޮށްފި އެވެ. މިތަކެތި ފާސްކޮށްފައިވަނީ އެ ޕާޓީ އުފެއްދުމަށް ބާއްވާ އިންތިޚާބުގައި ބައްދަލުވުމުގަ އެވެ. ޣިޔާސުއްދީން އިންޓަ...

08 Oct 2021 | 15:07

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަސާސީ ގަވާއިދާއި ލޯގޯ އަދި ދިދަ ފާސްކޮށްފި އެވެ.

މިތަކެތި ފާސްކޮށްފައިވަނީ އެ ޕާޓީ އުފެއްދުމަށް ބާއްވާ އިންތިޚާބުގައި ބައްދަލުވުމުގަ އެވެ.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ދެ ދަންފަޅިއަކަށް ބަހާލައިގެން އިންތިޚާބު ކުރިއަށް ގެންދާ އިރު، ޕާޓީގެ އަސާސީ ގަވާއިދާއި ލޯގޯ އަދި ދިދަ ފާސްކުރީ މެންދުރު ފަހު 2 ޖެހި އިރު ފެށި ފުރަތަަމަ ދަންފަޅީގަ އެވެ.

ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 302 މެމްބަރުންގެ ވޯޓުން އަސާސީ ގަވާއިދު ފާސްވި އިރު، ލޯގޯ ފާސްކުރީ 301 މެމްބަރުންގެ ވޯޓުން ނެވެ. އަދި ދިދަ ފާސްކުރީ 306 މެންބަރުންގެ ވޯޓުން ނެވެ.

300 އަށް ވުރެ ގިނަ މެމްބަރުން މި ބައްދަލުވުމުގައި ނުވަތަ އިންތިޚާބުގައި ބައިވެރިވެފައިވާ އިރު، އެ ޕާޓީގެ އިންތިޚާބު ކުރިއަށްދާ ގޮތް ބެލުމަށް ވަގުތީ ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ.

އެ ޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ކުރިޔަށްދާ ވޯޓުލުމުގެ މަރުޙަލާގައި ކިއޮސްކް އިލެކްޓްރޯނިކް ވޯޓިންގ ސިސްޓަމެއް ބޭނުންކުރާނެ ކަމަށް ބުނެފައިވާ އިރު، މިއީ އިލެކްޓްރޯނިކް ސިސްޓަމެއް ބޭނުންކޮށްގެން ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އިންތިޚާބެވެ.

އެ ޕާޓީގެ އިސް ބައެއް މަގާމުތަކަށް ވާދަކުރީ އެންމެ މެންބަރަކަށް ވާތީ، އެ މެންބަރުން ވަނީ އޮޓޯ އިން ހޮވިފަ އެވެ. އެގޮތުން އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ ހަތަރު މަގާމަށް ވާދަކުރެއްވި މެންބަރުން ވަނީ އެ މަގާމަށް އިންތިޚާބު ވެފަ އެވެ.

އެމްއެންޕީ އަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިސްކޮަށް ހުންނަވައިގެން އުފައްދާ ޕާޓީއެކެވެ.

މި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް