އައްޑޫ ސިޓީގައި ފުލުހުން ދެމުން ގެންދަވާ ޙިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމާއިގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
މި މަޝްވަރާ ކުރައްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އައްޑޫ ސިޓީގެ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
އެގޮތުން އައްޑޫ ސިޓީގެ ކްރައިމް ޕްރިވެންޝަނާއި އައްޑޫ ސިޓީގައި ފުލުހުން ދެމުން ގެންދަވާ ޚިދުމަތްތައް މިހާރަށް ވުރެ، އިތުރަށް ހަރުދަނާ ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވާފައި މިވަނީ އެސިޓީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރު ކުރެވެން ނެތް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ އެ ސިޓީއަށް ފުލުހުން އިތުރު ކޮށް ދޭން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށާއި ނަމަވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭން ޖެހިފައިވާތީ، އެއަދަދު އިތުރު ކުރުމުގައި މިވަގުތު ދަތިތަކެއް ހުރި ކަމަށެވެ.
އެހެންނަމަވެސް އެކަމާއި މެދު ވިސްނަވާ ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ ސިޓީގައި މިފަހަކަށް އައިސް މާރާމާރީތައް ގިނަވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް