އެޕަލް ކުންފުނިން އެންމެފަހުން ނެރުނުު އައިފޯންތައް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު އުރީދު މޯލްޑިވްސްގެ މޫލީގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލައިފި އެވެ.
އެގޮތުން އައިފޯން 13، އައިފޯން 13 ޕްރޯ، އައިފޯން 13 ޕްރޯ މެކްސް އަދި އައިފޯން 13 މިނީއަށް މޫލީ މެދުވެރިކޮށް ޕްރީ އޯޑަރ ކުރެވޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ބުނީ މި ފުރުސަތު ހުޅުވާލާފައިވަނީ އޮކްޓޯބަރ އަށްވަނަ ދުވަހުގެ 12 ގަޑި ސުންމިނެޓުގައި ކަމަށެވެ.
އެހެންކަމުން ގިނަ އަދަދެއްގެ ކަސްޓަމަރުން މިހާރުވެސް ވަނީ އައިފޯން13 ގެ މޮޑެލް ތައް ޕްރީއޯޑަރ ކޮށްފައި ކަމަށް އުރީދޫ އިން ބުނެ އެވެ.
އައިފޯންތަކާއި ގުޅޭގޮތުން އިތުރަށް ވިދާޅުވެފައިވަނީ މިއީ ރީތި އާ ޑިޒައިންތަކެއް ހިމެނޭ އައިފޯން 13ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއިއެކު، ޕްރޯ މޯޝަން ސުޕަރ ރެޓީނާ އެކްސް.ޑީ.އާރް ޑިސްޕްލޭގެ އިތުރުން ބެޓަރި ލައިފްވެސް އިތުރަށް ފުރިހަމަ ކޮށްފައިވާ ފޯނުތަކެކެވެ.
ހަމައެއާއެކު އައިފޯން13 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވަނީ އެޕަލްގެއޭ-15 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް