ކޮވިޑް-19 އަށް ފަރުވާ ކުރަމުން ދަނިކޮށް އައްޑު ސިޓީން މިހާކު ނިޔާވެއްޖެ އެވެ.
އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ނިޔާވެފައިވަނީ ހާލު ދެރަ ވުމުގެ ސަބަބުން ފުވައްމުލަކުން އިކުއޭޓްރިއަލް ހޮސްޕިޓަލަށް އިތުރު ފަރުވާ ދިނުމަށް ގެނައި މީހެއް ކަމަށެވެ.
އެމީހާ އޭއީއެޗް އަށް އިތުރުފަރުވާއަށް ގެންދިޔައީ ނިމިދިޔަ ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު ކަމަށާއި ނިޔާވެފައިވަނީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
އެ މީހާ ނިޔާވެފައިވަނީ މިއަދު ހެދުނު 07:50 ހާއިރުކަމަށް ވެސް ވަނީ ބުނެފަ އެވެ.
https://twitter.com/aeh_mv/status/1446369142668345344
މިއީ އެ ކޮވިޑު ބަލީގައި އެ ސިޓީން ނިޔާވި ހަތަރު ވަނަ މީހާ އެވެ. އަދި މިއީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި 233 ވަނަ މީހާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް