ހިޔާ ފްލެޓް ސަރަހައްދުގައި ސުޕަރ މާކެޓެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗްޑީސީ) ބުނެފި އެވެ.
އެޗްޑީސީން ބުނީ އަލަށް އާބާދުވާން ފަށާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި މި މަހުގެ ތެރޭގައި ސުޕަރ މާރުކޭޓެއް ހުޅުވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ އިދާރާއިން މިހެން ބުނެފައިމިވަނީ ހިޔާ ފްލެޓުތަކަށް ގިނަ ބަޔަކު ބަދަލުވަމުންދާ އިރު، އެ ސަރަހައްދުގައި ފިހާރައެއް ނެތުމުގެ ޝަކުވާތައް ގިނަވެފައިވާ ވަގުތެއްގަ އެވެ.
އެހެންކަމުން އެސަރަހައްދުގައި ދިރިއުޅޭ ގިނަ މީހުންނަށް އެކަމުގެ ދަތިތައް ކުރިމަތިވަމުންފދާ އިރު، ޒަރޫރީ ބޭނުންތަކަށް ގަންނަންޖެހޭ ތަކެތި ވެސް ގަންނަން ދާން ޖެހެނީ ވަރަށް ދުރު ހިސާބަކަށްކަން އެ ފަރާތްތަކުން ދަނީ ފާހަގަކުރަމުން ނެވެ.
މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އެޗްޑީސީން ބުނީ ވިޔަފާރިއަށް ތަންތަން ދޫކުރުން ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ވިޔަފާރި ފެށުމަށް އެކި ވިޔަފާރިވެރިންނާއެކު ވެވުނު އެއްބަސްވުންތަކުގައި ސޮއިކުރި ގިނަ ފަރާތްތަކުން މިމަހުގެ ނިޔަލަށް ވިޔަފާރި ފަށަން ބޭނުންވާކަން އެ ކުންފުނިން ވަނީ ފާހަގަޮށްފަ އެވެ.
ސުޕަރ މާކެޓާއެކު ކެފޭ ރެސްޓޯރެންޓު އަދި ސެލޫން ފަދަ ތަންތަން ގާއިމުކުރުމުގެ މަޝްވަރާތަކާއި މަސައްކަތްތައް ކުރަމުން އަންނަކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް