އީވޯޓިންގ ނިޒާމެއް ރާއްޖެއަށް ތައާރަފު ކުރަން އިލެކްޝަންކޮމިޝަން (އީސީ) ގެ އެއްވެސް ވިސްނުމެއް މިވަގުތުނެތް ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުއާދު ތައުފީގު މިހެން ވިދާޅުވީ ޗެނަލް-13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނެވެ.
ކުރިއަށް އޮތް އިންތިޚާބުގައި އީވޯޓިންގ ނިޒާމެއް ތައާރަފު ކުރަން އީސީން ނިންމައި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ފުއާދު ވިދާޅުވީ އީވޯޓިންގ އާއި ގުޅޭގޮތުން ދައްކާފައިވަނީ ހަގީގަތާއި ޚިލާފު ވާހަކަ ތަކެއްކަމުގަ އެވެ.
ފުއާދު އިތުރަށް ވިދާޅުވިގޮތުގައި އެއްވެސް ވައްތަރެއްގެ އީވޯޓިންގ ނިޒާމެއް ރާއްޖެއަށް ތައާރަފު ކުރުމުގެ ވިސްނުމެއް އިލެކްޝަނުން ނުގެންގުޅޭ ކަމަށެވެ. އަދި އީ ވޯޓިންގ ގެ ނިޒާމެއް ތައާރަފު ކުރުމަށްޓަކައި އެއްވެސް މަސައްކަތެއް ވެސް ނުކުރާ ކަމަށެވެ.
ރާއްޖޭގައި އީވޯޓިންގ ނިޒާމެއް ގާއިމު ކޮށްފިނަމަ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދި ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް