ބިދޭސީ ފަތުރުވެރިންނަށް މިމަހު 15 ގައި އިންޑިއާ ހުޅުވާލަނީ

ކޮވިޑް-19 ގެ ސަބަބުން އިންޑިއާއަށް ބިދޭސީ ފަތުރުވެރިން އެތެރެވުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ނިންމައިފި އެވެ. އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ކޮވިޑު ބަލީގެ...

08 Oct 2021 | 06:59

ކޮވިޑް-19 ގެ ސަބަބުން އިންޑިއާއަށް ބިދޭސީ ފަތުރުވެރިން އެތެރެވުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ނިންމައިފި އެވެ.

އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ކޮވިޑު ބަލީގެ ސަބަބުން އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު، އިންޑިއާއިން ޓޫރިސްޓް ވިސާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެން ބިދޭސީ ފަތުރުވެރިންނަށް އެ ގައުމު ހުޅުވާލާނެ ކަމަށާއި ވިސާ ދޫކުރާނީ ޚާއްސަ ޗާޓަރު ފްލައިޓްތައް މެދުވެރިކޮށް އިންޑިއާއަށް ޒިޔާރަތް ކުރާ ބިދޭސީ ފަތުރުވެރިންނަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއ ެެވ.

އިންޑިއާގެ ހޯމް މިނިސްޓްރީ އާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ކޮމަރޝަލް އުސޫލުން އޮޕަރޭޓް ކުރާ ފްލައިޓްތަކުގައި އިންޑިއާއަށް ދަތުރު ކުރާ ބިދޭސީ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދޫކުރަން ފަށާނީ މިއަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ކަމަށެވެ.

ބިދޭސީ ފަތުރުވެރިންނަށް އެ ގައުމު ހުޅުވާލިނަމަވެސް ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިހުތިރާމް ކުރުމަށާއި އެ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭނެ ކަމަށް އިންޑިއާގެ ހޯމް މިނިސްޓްރީން ވަނީ ގޮވަލާފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ ތެރޭގައި އެގައުމަށް، 10.93 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް