ދިވެހި ފުލުހުންގެ ޚިދުމަތަށް 200 ބޮޑީ ވޯން ކެމެރާ ހޯދަނީ

ފުލުހުން ގައިގަ ކެމެރާ ހަރުކުރަން ފެށިކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއުލާން ކުރެއްވިތާ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން ފުލުހުން ގައިގައި ހަރުކުރާނެ ބޮޑީ ވޯން ކެމެރާ ހޯދަން އިއުލާން ކޮ...

08 Oct 2021 | 06:34

ފުލުހުން ގައިގަ ކެމެރާ ހަރުކުރަން ފެށިކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއުލާން ކުރެއްވިތާ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުން ފުލުހުން ގައިގައި ހަރުކުރާނެ ބޮޑީ ވޯން ކެމެރާ ހޯދަން އިއުލާން ކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހ ކޮމިޝަނަރ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުސް މަސައްކަތުގެ ތެރޭ ގައިގަ ހަރުކޮށްގެން ބޭނުން ކުރާ ކެމެރާ ނުވަތަ "ބޮޑީ ވޯން ކެމެރާ" ދިވެހި ފުލުހުން ބޭނުން ކުރަން ފަށައިފިކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި އިއުލާނެއްގައި ވިދާޅުވީ ފުލުހުން ބޭނުމަށް 200 ބޮޑީ ވޯން ކެމެރާ ހޯދުމަށް ބޭނުންވާ ކަމަށެވެ. މި ތަކެއްޗަށްް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލާ ކަމަށާއި ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެ ކަމަށް ފުލުހުން ހާމަކުރިއެވެ.

ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2021 އޮކްޓޯބަރ 19 ވަނަ ދުވަހުގެ 16:00 އެވެ. މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ އެވެ. ބީލަން ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރ 28 ވަނަ ދުވަހުގެ 13:30 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ.

ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2021 އޮކްޓޯބަރ 21 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީ-މެއިލް ކުރަންވާ ކަމަށް އިއުލާންގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް