ރިސޯޓުތަކުގެ 93 ޕަސެންޓް މުވައްޒަފުން ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން 99 ޕަސެންޓް މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށާއި އަދި ދެވަނަ ޑޯޒު ޖެހި މުވައްޒަފުންގެ އަދަދު އުޅެނީ 93 ޕަސެންޓުގައި ކަމަށެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ދޭ "އައި އޭމް ވެކްސިނޭޓެޑް ބެޖް" ދާދިފަހުން ވަނީ އިފްތިތާހުކޮށްފައެވެ. މިއީ އެ ދާއިރާގެ މުވައްޒަފުން ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކެމްޕެެެއިން އެކެވެ.
އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 343،149 އަށް އަރާފައެވެ.
ދެވަނަ ޑޯޒްގެ އިތުރުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 392،773 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް