ނައިބު ރައީސް ފައިސަލް ނަސީމު ހޮސްޕިޓަލުން ދޫކޮށްލައިފި

ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ހޮސްޕިޓަލުން ޑިސްޗާޖު ކޮށްފައިވަނީ އިއްޔެ އެވެ. އަދި ހާލުކޮޅު ވެސް ރަނގަޅެވެ. އެމަނިކުފާނަށް އ...

08 Oct 2021 | 05:58

ނައިބު ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ހޮސްޕިޓަލުން ޑިސްޗާޖު ކޮށްފައިވަނީ އިއްޔެ އެވެ. އަދި ހާލުކޮޅު ވެސް ރަނގަޅެވެ.

އެމަނިކުފާނަށް އާލާސްކަންފުޅެއް ކުރިމަތވުމުން ހާލުކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެނދުމަތި ކުރީ މި އޮކްޓޯބަރ މަހުގެ4 ވަނަ ދުވަހު އެވެ.

އެހެންނަމަވެސް އެމަނިކުފާނު އެނދުމަތިކުރި ސަބަބު ސާފުވާގުތެއް ނުވެ އެވެ.

ނައިބު ރައީސްގެ ހާލުކޮޅު ދެރަވެގެން މި ދިޔަ ފެބްރުއަރީ މަހު ވެސް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އެމަނިކުފާނަށް ވަނީ ފަރުވާދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް