ގައުމީ ޓީމު ރޭ ސާފް ޗެމްޕިއަންޝިޕްގައި ބަންގަލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ގައުމީ ދުވަހު މުޅި ގައުމު ވަނީ ހެއްވާލާފަ އެވެ.
0-2 ން ގައުމީ ޓީމު މޮޅުވެ ސާފްޗެމްޕިއަންޝިޕްގައި ކުޅުމުގެ ފުރުސަތު ވަނީ ބޮޑުކޮށްފައި އެވެ. ދެން ރާއްޖެ ކުޅެން ހަމަޖެހިފައިވަނީ ސްރީލަންކާ އާއި އެކު އެވެ.
ގައުމީ ޓީމަށް ހިތްވަރު ލިބި ރޭގަ ރީތި ކުޅުމެއް ދައްކާލެވުނީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވުމުން އައިސްފައި އޮތް ޕްރެޝަރަށްވުރެ ބޮޑަށް ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިިތްވަރެވެ. ފުރަތަމަ ރޭ ފުޓުބޯޅަ ދަނޑަށް ދިޔަ ވަރަށް ވުރެ މާ ގިނަ މީހުން ރޭ ދަނޑަށް ގޮސް ދިވެހި ޓީމަށް ހިތްވަރުދޭން ތިއްބެވެ.
ހަމަ އެގޮތަށް ސްކްރީންތައް ބަހައްޓައިގެންނާއި ގޭގައި ޓީވީތަކުގެ ކުރިމަތީގައި ހުރިހާ ދިވެހިން ހެން މެޗު ބަލަން ތިއްބެވެ. އޭގެ ތެރޭގައި ދިވެހި ފިލްމީ ބަތަލާ މަރިޔަމް އައްޒަ ހިމެނޭއިރު އައްޒަ ނެގި ފަދަ ފޯރި ގޭގަތިއްބަސް ނަގަން ޖެހެ އެވެ.
އައްޒަ މެޗު ބަލަމުން ދިޔައި މެޗުގައި ހިނގާ ކަންކަމާއި ބެހޭގޮތުން އިންސްޓަގްރާމް ސްޓޯރީ އަޕްޑޭޓް ކުރަމުން ދިޔަ އިރު ޖެހި ދެ ގޯލު ފޯނުން ވީޑިއޯކޮށް ސްޓޯރީއަށް ލާފައިވެ އެވެ. ގޯލު ޖަހަން ކުޅުން ތެރިން ދާ ވަގުތު އައްޒަ ހަޅޭއްލަވާ ހިތްވަރުދިން އިރު ފޯނު ތެޅޭވަރުން ރަނގަޅަށް ނުވެސް ފެންނަ ފަހަރުވެސް ދެ އެވެ.
މެޗުގެ ކުރިންވެސް އައްޒަ ވަނީ ޓީމަށް ހިތްވަރުދީ މިއީ އަހަރުމެންގެ ފަހަރު ކަމަށްބުނެ އިންސްޓަގްރާމް އަޕްޑޭޓްކޮށްފަ އެވެ. އައްޒަމެންފަދަ ގިނަ ބައެއްގެ ލޯބި ލިބިފައިވާ މަޝްހޫރު ފަރާތްތަކުން ގައުމީ ކަންކަމަށް ދޭ އިސްކަމާއި ލޯބި ވެގެންދާނީ އާންމުންނަށް އެފަދަ ކަންކަމަށް އިސްކަށް ދިނުމަށް ލިބޭ ހިތްވަރަކަށެވެ.
ދަނޑަށް މެޗު ބަލަން ނުދިޔަޔަސް ހަމަ ގައިމުވެސް ގައުމީ ޓީމަށް ހިތްވަރު ދިނުމަށް އައްޒަ ރޭގައި ދެއްކީ ނަމޫނާއެކެވެ. އައްޒަގެ އިތުރުން ފިރިމީހާ އަބްދުﷲ މުއާޒު (މުއާ) ވެސް ވަނީ ގައުމީ ޓީމު ދެއްކި ހިތްވަރަށް ސާބަސްދީ އިންސްގްރާމްގައި ސްޓޯރީ އަޕްޑޭޓް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް