ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީއިން ޢިއުލާނު ކޮށްފިއެވެ.
މިދިޔަ ހަފްތާ ތެރޭގައި ފިނޭންސުން ކުރި މި އިއުލާނަކީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު އެދެވޭ ތަރުހީބެއް ލިބިފައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުއަކީ މި ކޮންޓްރެކްޓާ ފައިނޭންސުގެ ދަށުން ޑިޒައިންކޮށް ޢިމާރަތް ކުރާގޮތަށް ހަވާލު ކުރާ މަސައްކަތެކެވެ.
މިފުރުސަތު ރާއްޖެއިން ބޭރުގެ ކުންފުނިތަކަށްވެސް ހުޅުވާލާފައިވާއިރު އެކަމަށް ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތަކަށް މީހުން ބަދަލު ވަމުންދާއިރު އާންމުންގެ އެންމެ ބޮޑު ޝަކުވާއެއް އަންނަނީ ސުކޫލަށް ގެންގޮސް ގެނެސް ހެދުމުގެ ދަތިތަކާ ގުޅޭ ގޮތުންނެވެ.
ދެވަނަ ފިޔަވަހީގައި ސަރަހައްދުގައި 14 ސުކޫލެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން ދެ ސްކޫލެެއް އެޅުމަށް އެޑިއުކޭޝަން މިހާރު ދެ ކުންފުންޏަކާއި ވަނީ ހަވާލުކޮށްފަ އެވެ.
އަދި މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ހުޅުމާލެ ދެވަަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސުކޫލެއް އެޅުމަށް އައިލެންޑާސް އެޑިޔުކޭޝަނާއިވެސް ހަވާލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް