ރާއްޖެއިން އިތުރު ހާހެއްހާ މީހުން ކޮވިޑު ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި

ރާއްޖެއިން އިތުރު ހާހެއްހާ މީހުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމ...

08 Oct 2021 | 03:12

ރާއްޖެއިން އިތުރު ހާހެއްހާ މީހުން ކޯވިޑް ވެކްސިން ފުރިހަމަ ކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްފީއޭ) ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިންގް ދެވަނަ ޑޯޒު  މިމަހުގެ ހައެއްވީ ބުދަ ދުވަހު 974  މީހަކަށް ޖަހައިދީފައިވެއެވެ. މީގެތެރެއިން އަތޮޅުތަކުން އެ ދުވަހު ވެކްސިން ދެވަނަ ޑޯޒު ފުރިހަމަ ކުރީ 511 މީހުނެވެ. މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒު އެދުވަހު ފުރިހަމަ ކުރީ 463 މީހުނެވެ.

މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ  344،123 އަށް  އަރާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒު މިމަހުގެ ހައެއްވީ ބުދަ ދުވަހު 114 މީހަކަށް ޖަހައިދީފައިވެއެވެ. މީގެ ތެރެއިން 44 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގ ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގ ފުރަތަމަ ޑޯޒު ޖެހީ 70 މީހުންނެވެ.

މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ  392،887 އަށް  އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް