ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ހަތަރު މެމްބަރަކަށް، ސުޕްރީމް ކޯޓުގެ ހުކުމް ތަކަކަށްފަހު އެ ގޮނޑި އަނބުރާ ލިބިފައިވާއިރު އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މަރުހަބާ ދަންނަވައިފިއެވެ.
ފައިސަލް ވިދާޅުވެފައިވަނީ މަޖިލީހުގެ ގިނަ މެމްބަރުންނަށް ވަނީ އެކި ގޮތްގޮތުން މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅާފަ ކަމަށެވެ.
"ހިތްވަރ ގަދަ 12 މެމްބަރުންގެ މަސައްކަތް ފާހަގަކޮށް މިއަދު މަޖިލީހުގަ ރައްޔިތުން ތަމްސީލުކުރާ ހަތަރު މެމްބަރުންނަށް ފުރުސަތު ލިބުމުން މަރުހަބާ ކިޔާ އުފާކުރަން" ފައިސަލް ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުން ވަކި ވަކިން މިއަދު ކުރި ހަތަރު ހުކުމަކުން ގޮނޑި އަނބުރާ ލިބިފައިވާ މެމްބަރުންނަކީ ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު މުހައްމަދު (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް