12 ބޮކީގެ އަލި، ރައްޔިތުންގެ މަޖިލީޙުގެ ރައީސް އަބްދުﷲ މަސީހުގެ ލޮލަށް އަޅުވައި، މަސީހުގެ ގޮނޑި ގެއްލުވާލާނެކަމުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.
މުހައްމާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެމްޕީ މުހައްމާ މިހެން ވިދާޅުވެފައިވާއިރު ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސުން ނިންމާފައިވާ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. އެއީ ގއ. ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު މުހައްމަދު (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެވެ.
މުހައްމާގެ ޓްވީޓްގައި އެ ހަތަރު މެމްބަރުންނަށް މަރުހަބާ ދަންނަވާފައިވެއެވެ.
ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސުން ނިންމާފައިވާ މެމްބަރުންގެ ތެރޭގައި އެމްޕީ މުހައްމާ އާއި އަދި އިތުރު އަށް ހަތް މެމްބަރަކު ހިމެނެއެވެ. ސުޕްރީމް ކޯޓުން މިއަދު މި ނިންމި ނިންމުމަށް ބަލާއިރު އަނެއް އަށް މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ނިންމާނެކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް