މިއީ ދާއިރާއަށް ލިބުނު ކާމިޔާބީއެއް: ލޯޔަރު ވައްޑެ

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވެއްޑެ) ގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާއިރު އެއީ ދާއިރާއަށް ލިބުނު ކާމިޔާބީއެއް ކަމުގައި ވައްޑެ ސިފަ ކުރައްވ...

08 Oct 2018 | 08:06

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވެއްޑެ) ގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާއިރު އެއީ ދާއިރާއަށް ލިބުނު ކާމިޔާބީއެއް ކަމުގައި ވައްޑެ ސިފަ ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުން ނިކުމެ މީޑިއާތަކާއި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ އަނިޔާވެރިކަމުގެ ތެރޭގައި އުޅޭތާ ލައްކަ ދުވަސް ވެއްޖެ ކަމަށާއި ރައްޔިތުންގެ ހައްގު ކަށަވަރުވުމުން ހަމްދުކުރާ ކަމަށެވެ. އަދި އަނިޔާވެރިކަމަށް އަދުލު އިންސާފު ހޯދަން ނިކުތް މަގުން ކާމިޔާބުވެފައިވާކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ.

ވައްޑެ އިތުރަށް ވިދާޅުވީ ޕީޕީއެމްއިން އޭނާގެ ދާއިރާއަށް ދިއުމަށްވެސް އޮތީ ހުރަސް އަޅާފައި ކަމަށާއި ދެން އެ ހުރަސް ނޭޅޭނެ ކަމަށެވެ. ދާއިރާގެ އަޑު ދެން މަޖިލީޙުގައި އިވޭނެ ކަމުގައި ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވަނީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް