އެމެރިކާ ހާރިޖިއްޔާގެ އިސް ބޭފުޅަކު ރާއްޖެ ވަޑައިގަންނަވަނީ

އެމެރިކާގެ ހާރިޖިއްޔާގެ ޕްރިންސިޕަލް އެސިސްޓެންޓް ސެކްރެޓަރީ ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއާޒް އެލިސް ވެލްސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. އެގޮތުން އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނުގެ އ...

08 Oct 2018 | 03:27

އެމެރިކާގެ ހާރިޖިއްޔާގެ ޕްރިންސިޕަލް އެސިސްޓެންޓް ސެކްރެޓަރީ ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއާޒް އެލިސް ވެލްސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެގޮތުން އެމެރިކާގެ ހާރިޖިއްޔާގެ ތަރުޖަމާނުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުގައި އެލިސް ވެލްސް ރާއްޖެއާއި ލަންކާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމައިން ފެށިގެން މިމަހުގެ 11އިގެ ނިޔަލަށެވެ.

އެލިސްގެ މި ދަތުރުފުޅުގައި ރާއްޖޭގެ މިހާރުގެ ސަރުކާރުގެ އޮފިޝަލުންނާއި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް (އިބޫ) އާއި ބައްދަލުކުރައްވާނެކަން ހާމަކޮށްފައިވެއެވެ. އަދި ސިވިލް ސޮސައިޓީ ލީޑަރުންނާއި ބައްދަލުކުރައްވާނެ ކަމަށާއި ރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކާމިޔާބީގެ އުފަލުގައި މަރުހަބާ ދަންނަވާނެކަމުގައިވެސް ބުނެފައިވެއެވެ.

ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮންނަ ހާރިޖީ ގުޅުން ބަދަހިކުރުމަށް އެކަމަނާ މަޝްވަރާ ކުރައްވާނެކަމަށް ބުނެފައިވެއެވެ. އަދި އެއަށްފަހު އެލިސް ވަޑައިގަންނަވާނީ އަވަށްޓެރި ސްރީލަންކާއަށް ކަމުގައި ބުނެފައިވެއެވެ.

އެމެރިކާ ހާރިޖިއްޔާގެ އިސް ބޭފުޅަކު މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ނިމިދިޔަ ރިޔާސީ އިންތިޚާބަށްފަހު އެކި ގައުމުތަކުން މަންދޫބުން އަންނަނީ ރާއްޖެ ޒިޔާރަތް ކުރަމުންނެވެ. އެގޮތުން ވަޑައިގަންނަވާ ގިނަ ބޭފުޅުން އަންނަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ބައްދަލުކުރައްވާ މަރުހަބާ ދަންނަވަމުންނެވެ. އަދި އެގައުމުތަކާއި ރާއްޖެއާއި އޮންނަ ހާރިޖީ ގުޅުން ރަނގަޅު ކުރެއްވުމުގެ ގޮތުން މަޝްވަރާތައް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް