ހުޅުމާލެއާއި އަތޮޅު ތެރޭގައި ބިން ހިއްކާފައިވާ ރަށްރަށުން ގޯތި ދޫނުކުރަންވީ ސަބަބެއް ނެތް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކަން ހުޅުވާލުމުށް އެކަން ވަގުތީގޮތުން ހުއްޓާލުމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެންގުމުންނެވެ.
ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކާފައި ވަނީ ރައްޔިތުންނަށްޓަކައި ކަަމަށެވެ. މާލެ އާއި ދަފްތަރު ރަޖިސްޓްރީގައި ވަރަށް ހާލުގައި އުޅޭ މީހުން އެބަތިބި ކަމަށާއި އެމީހުންނަށް ހުޅުމާލެއިން ހެޔޮ އަގެއްގައި ގޯތި ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ.
އަދި އަތޮޅު ތެރޭގައި ސަރުކާރުން ބިން ހިއްކާފައިވާ ރަށްރަށުގެ މީހުންނަށާއި ކައިރި ރަށްރަށުގެ މީހުންނަށް ގޯތި ދޫނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. ނިހާން ވިދާޅުވީ ބިން ހިއްކަނީ ރައްކާކޮށްފައި ބަހައްޓަން ނޫން ކަމަށާއި އެއީ ރައްޔިތުންނަށްޓަކައި ހިއްކާ ތަންތަން ކަމަށެވެ.
https://twitter.com/ahmed_nihan/status/1048938035914502144
ހަތަރުލައްކަ ރުފިޔާގެ ރޭޓުން، ހުޅުމާލެ އިން 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން އިއްޔެ އިއުލާންކުރުމާ އެކު އެ މަޝްރޫއު މަޑުޖައްސާލަން އޭސީސީން އެންގި އެވެ. އެކަމަކު އެ އެންގުމަށް އަމަލުކުރުމެއް ނެތި، ހައުސިން މިނިސްޓްރީން ގެންދަނީ ފޯމް ދޫކުރަމުންނެވެ.
އަދި ނިހާނުވެސް ވަނީ ޓުވިޓާގައި ގޯތި ގަތުމުގެ ފޯމް އެޓޭޗްކޮށް ޓްވީޓެއް ކުރައްވައި އެފޯމް ފުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް