އެމެރިކާގެ ދެމަފިރިއަކު ރައްކާކޮށްފައި ހުރި ޑޮލަރުތަކެއް، އެ ދެމަފިރިންގެ ފިރިހެން ދަރި، ޝްރެޑަރަކުން ކުދި ކުދި ކޮށްލައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެ ކުއްޖާގެ ބައްޕަ ކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓް މިހާރު ވައިރަލްވެފައިވާއިރު ޓްވީޓްގައި ބުނެފައިވަނީ ދެމަފިރިން އެކުގައި ފައިސާ ރައްކާ ކުރަމުންދިޔައީ ފުޓްބޯޅަ މެޗްތަކެއް ބަލަން ޓިކެޓް ގަންނަން ކަމަށެވެ. ބޭނުންވެގެން ބެލި އިރު ޑޮލަރު ރައްކާކޮށްފައިވާ ސިޓީ އުރަ ނުފެނުނު ކަމަށާއި ފެނުނީ ޝްރެޑަރު ތެރޭގައި ކުދިކުދިކޮށްލާފައިވަނިކޮށް ކަމަށް ބުނެފައިވެއެވެ.
ކުދި ކުދި ކޮށްލާފައިވާ ޑޮލަރު ތަކުގެ ފޮޓޯއަކާއި އެ ކުއްޖާގެ ފޮޓޯއެއް ޓްވީޓްގައި އެއްކަރުދާސްކޮށްފައިވެއެވެ.
އެ ޓްވީޓަށް 22 ހާސް ރީޓްވީޓް ލިބިފައިވާއިރު 70 ހާހަށްވުރެ ގިނަ ލައިކް ލިބިފައިވެއެވެ.
ނޫހެއްގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ ދެމެފަރިން މިހާރު ނިންމާފައިވަނީ އެ ފައިސާ ހޯދުމަށް ކްރައުޑް ފަންޑިންގް ގެ އެހީ ހޯދުމަށެވެ. އަދި ކުދިކުދި ކޮށްލާފައިވާ ފައިސާ އެމެރިކާގެ ކަމާބެހޭ އޮފީހަކަށް ފޮނުވަން ނިންމާފައިވާކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް