އިންޑިއާގެ ބަސް ޑްރައިވަރަކު ރާމާ މަކުނެއްގެ އަތަށް ބަހުގެ ހުންގާނު ދޫކޮށްލާ ވީޑިއޯއެއް ވައިރަލްވެފައިވާއިރު އެ ޑްރައިވަރު ސަސްޕެންޑް ކޮށްފިއެވެ.
އިންޑިއާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެއީ އުމުރުން 36 އަހަރުގެ އެމް ޕްރަކާޝް ނަމަކަށް ކިޔާ ޑްރައިވަރެކެވެ.
ވައިރަލްވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި ބަހުގެ ހުންގާނު ރާމާ މަކުނެއްގެ އަތަށް ދޫކޮށްލުމަފަހު އެމް ޕްރަކާޝް އިންނަނީ ޒާތަކަށް ހެވިފައެވެ. ވީޑިއޯ ކޮށްފައިވަނީ ބަހުގައި އިން ޕަސިންޖަރެއް ކަމުގައި ބެލެވެއެވެ. އެ ބަހުގައި އޭރު 30 އަށްވުރެ ގިނަ ޕަސިންޖަރުން ތިބި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުގެ ރޯޑް ޓްރާންސް ޕޯޓް ކޯޕަރޭޝަނުން އެމް ޕްރަކާޝް ސަސްޕެންޑް ކޮށްފައިވާއިރު އެ ކޯޕރޭޝަނުން ބުނެފައިވަނީ ޕަސިންޖަރުންގެ ރައްކާތެރިކަން ރާމާ މަކުނެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ބަސް ޑްރައިވަރު ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް