ހުދުރަންފުށި ރިސޯޓްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ ދަންވަރު 02:00 ހާއިރު ކަމަށެވެ.
"04:30 ގައި އަލިފާން ކޮންޓްރޯލް ކުރެވިއްޖެ، ރޯވެފައިވަނީ 3 ވޯޓަރ ވިލާގައި، މީހަކަށް އަނިޔާއެއް ނުލިބޭ" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް އަލިފާން ރޯވި ވޯޓަރ ވިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް