ހޯމް މިނިސްޓަރު ހުންނެވީ "ފޭކް މެސެޖް ކުރާ ވަރަށްވުރެ" ސިޔާސީ ގޮތުން ފުދިގެން: ތަޒްމީލް

މާދަމާގެ މުޒާހަރާއާއި ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަމުގައި ދައުރުވަމުން އަންނަ މެސެޖުތަކާއި މިނިސްޓަރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި މިނިސްޓަރު ހުންނެވީ ސިޔާސީގޮތުން އެއަށްވުރެ ފުދިގެން...

08 Oct 2015 | 17:59

މާދަމާގެ މުޒާހަރާއާއި ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ނަމުގައި ދައުރުވަމުން އަންނަ މެސެޖުތަކާއި މިނިސްޓަރާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި މިނިސްޓަރު ހުންނެވީ ސިޔާސީގޮތުން އެއަށްވުރެ ފުދިގެން ކަމަށް ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ތަޒްމީލް މިހެން ވިދާޅުވީ ހޯމް މިނިސްޓަރުގެ ނަމުގައި މިރޭ ދައުރުވަމުން އަންނަ މެސެޖުތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހޯމް މިނިސްޓަރުގެ ނަމުގައި މިރޭ ދައުރުވަމުން އަންނަ މެސެޖުގައި ބުނެފައިވަނީ "މާދަމާ މުޒާހަރާއަށް ނިކުމެއްޖެ ނަމަ ގޮއްވުމަކުން ހަމަލާ ދޭނަން" ކަމަށެވެ.

މިނިސްޓަރުގެ ނަމުގައި މިރޭ މެސެޖެއް ދައުރުވަމުން އަންނައިރު އަންގާރަ ދުވަހުވެސް މިނިސްޓަރުގެ ނަމުގައި މިފަދަ މެސެޖުތަކެއް ދައުރުވެފައި ވެ އެވެ. އެ މެސެޖުގައި ބުނެފައިވަނީ “މީޑިއާގެ ޒިންމާ މި ނާޒުކު ދަނޑިވަޅުގައި ރަނގަޅަށް އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ” ކަމަށެވެ. އަދި ގައުމީ ކަމެއް ކަމަށް ދެކިގެން ނައިބު ރައީސްގެ ކިބައިން މި ގައުމު ސަލާމަތް ކުރަން މަސައްކަތް ކުރައްވަން އެދޭ ކަމަށާއި މި އެދުމަކީ އެންމެ ފަހުގެ އިލްތިމާސް ކަމަށްވެސް އެ ދުވަހު ދައުރުވި މެސެޖެއްގައި ބުނެފައި ވެ އެވެ.

އެދުވަހުގެ މެސެޖުތައް ހޯމް މިނިސްޓަރާއި މިނިސްޓްރީން ވަނީ ދޮގުކޮށް އެކަން ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް