އެކަމަކީ މީހަކު ކުރި ކަމެއް ކަމަށްވާނަމަ އެކަން ކޮށްފަ އޮންނާނީ އަދީބު: މަހްލޫފް

އެކަމަކީ މީހަކު ކުރި ކަމެއް ނަމަ އެކަން ކޮށްފައި އޮންނާނީ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ. އެމްޕީ މަހްލޫފު މިހެން ވިދާޅުވީ އެމް...

08 Oct 2015 | 17:40

އެކަމަކީ މީހަކު ކުރި ކަމެއް ނަމަ އެކަން ކޮށްފައި އޮންނާނީ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

އެމްޕީ މަހްލޫފު މިހެން ވިދާޅުވީ އެމްޑީޕީން މާލޭގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަހްލޫފު ވިދިދާޅުވީ މި ފަހަރު ކޮންމެވެސް ވަރަކަށް ރައީސް ޔާމީނަށް ރޭކާލައިފި ކަމަށާއި ނަމަވެސް އެކަން މި ވިސްނުނީ ބޮޑު ކުރަމުން ކުރަމުންގޮސް "މޮންސްޓާ" އަކަށް ބޮޑު ކުރި ފަހުން ކަމަށެވެ.

"ދެންވެސް އަދީބުތޯ ބަލަން ބޭނުން ކަމަށްވާނަމަ ނައިބު ރައީސާއި ގާތް އިސް މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުން ވަކި ކުރަންވީ، ޔަގީން ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ހުއްޓަކާ އިންސާފުވެރި ގޮތަކަށް ތަހުގީގެއް ނުކުރެވޭނެ، މިކަމުގައި ބައިވެރިވީ ކޮންބައެއްތޯ ބަލަން ބޭނުންނަމަ ސީޕީ ދުރުކުރަން ޖެހޭ، މިއީ ހެޔޮ ހިތުން ދޭ ނަސޭހަތެއް" މަހްލޫފު ވިދާޅުވި އެވެ.

ލޯންޗުކޮޅުގެ ވާހަކައިގެ އިތުރުން ދެކަމަކަށް އަލި އަޅުވާލާ އެމްޕީ މަހްލޫފު ވާހަކަފުޅު ދެއްކެވި އެވެ. އެއީ އދ ގެ ވޯކިން ގްރޫޕްގެ ނިންމުމާ ސަރުކާރުން ދެކޮޅު ހަދާފައިވާތީ އެކަމާއި ބެހޭގޮތުންނާއި މަރުގެ އަދަބު ދިނުމާއި މެދު އދގައި ނެގި ވޯޓުގައި ރާއްޖެއިން އެއްވެސް ކޮޅަކަށް ވޯޓު ނުދިނުމާއި ބެހޭގޮތުންނެވެ.

މަހްލޫފް ވިދާޅުވީ ފަލަސްތީނާ ބެހޭ ކަމެއްގައި އޭރު އެމްޑީޕީ ސަރުކާރުން ވޯޓު ނުދިނުމުން އެ ސަރުކާރަށ ލާދީނީ ގޮވިގެން މިހާރުގެ ސަރުކާރަށްވެސް ލާދީނީ ގޮވަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް