އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ސަރޗް އެންޑް ރެސްކިއު އެކްސަސައިޒެއް ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މި އެކްސަސައިޒް ނިންމާލުމުގެ ގޮތުން ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި އެކްސަސައިޒްގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އަމްސާގެ ސީނިއަރ ސާރޗް އެންޑް ރެސްކިއު އޮފިސަރ މިސްޓަރ ކެމަރަން ހީތުވުޑް އެވެ.
މިމަހު ހަޔަކުން އަށަކަށް ހިންގި މި އެކްސަސައިޒްގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރާއި، އެރޮނޯޓިކަލް ރެސްކިއު ކޯޑިނޭޝަން ސެންޓަރާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބައިވެރިވެފައި ވާކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
“އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީ (އަމްސާ) އިން ހިންގި މި އެކްސަސައިޒްގައި ކިޔަވައިދެއްވާފައިވަނީ އަމްސާގެ ސީނިއަރ ސާރޗް އެންޑް ރެސްކިއު އޮފިސަރ މިސްޓަރ ކެމަރަން ހީތުވުޑް" އެމްއެންޑީއެފުން ހާމަކޮށްފައި ވެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ގުޅިގެން ހިންގި ތަމްރީންތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް