ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް އަމަލު ނުކުރަން އިލެކްޝަނުން އެމްޑީޕީއަށް އިލްތިމާސް ކޮށްފި

ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް އަމަލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމްޑީޕީއަށް އިލްތިމާސް ކޮށްފި އެވެ. އީސީ އިން މިކަމަށް އިލްތިމާސްކުރީ އެމްޑީޕީގެ ގަރާރު ނަމްބަރު 2015/008 ގަ...

08 Oct 2015 | 15:23

ކޯޓުތަކުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް އަމަލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެމްޑީޕީއަށް އިލްތިމާސް ކޮށްފި އެވެ.

އީސީ އިން މިކަމަށް އިލްތިމާސްކުރީ އެމްޑީޕީގެ ގަރާރު ނަމްބަރު 2015/008 ގަރާރު ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި އީސީން ބުނެފައި ވަނީ އޮކްޓޯބަރު ހައެއްގައި ގައުމީ މަޖިލީހުގެ 138 ވނަ ބައްދަލުވުމުގައި ފާސްކުރި ގަރާރުގައި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން އީސީން ކަންބޮޑުވާ ކަންކަން ހުރިކަން ފާހަގަ ކުރާ ކަމަށެވެ.

"މިގޮތުން ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގައިރު ގާނޫނީ ހުކުމެއްކަމަށް ނިންމައި އެގޮތަށް އިބާރާތް ކޮށްފައިވުން، ދައުލަތުން ހަރަދުކުރާ ޖަމާއަތެއްގެ ގޮތުގައި (ސިޔާސީ ޕާޓީއެއްގެ ގޮތުގައި) އޮވެ، ސަރުކާރުގެ އިސްވެރިންނަށާއި ސަރުކާރުގެ ނިންމެވުންތަކަށް ގޮންޖަހައި، އެކަންކަމަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި އެފަދަ ކަންކަމަށް ހިއްވަރުދީ އާއްމު ރައްޔިތުންނަށް ގޮވާލާފައިވުން، ރާއްޖޭގެ ހެދިފައިވާ ދާހިލީ ގާނޫނުތަކަށް ބެލުމެއްނެތި، ބޭރުގެ ޖަމާއަތްތައް މެދުވެރިކޮށް ދައުލަތުގެ އިސް ފަރާތްތަކަށާއި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާފައިވުން" އީސީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިސްވެ ދެންނެވުނު ކަންކަމަށް ބަލާއިރު، އެ ކަންކަމަކީ ސިޔާސީ ޕާޓީގެ ހަތްވަނަ މާއްދާއާއި ފުށުއަރާ ކަންތައްތަކެއް ކަމުގައި ފާހަގަކުރާ ކަމަށާއި އީސީން ދެކޭގޮތުގައި ދައުލަތުން ހަރަދުކުރާ މުއައްސަސާއެއްގެ ގޮތުގައި އޮވެ މިފަދަކަމެއް ކުރުމަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް