ރައްކާތެރިކަން ގާއިމް ކުރާނެގޮތާއިމެދު ފުލުހުންނާއި ސިފައިންގެ އިސް ވެރިން މަޝްވަރާ ކުރައްވައިފި

ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށާއި މުދައްލުގެ ރައްކާތެރިކަން ޤާއިމްކޮށް ޞުލްޙަވެރިކަމާއެކު ދިރިއުޅުމަށް ފަހި މާޙައުލެއް ދެމެހެއްޓުމަށް ފުލުހުންނާ ސިފައިން ގުޅިގެން މަސައްކަތްތައް ކުރިޔަށް ގެންދެ...

08 Oct 2015 | 13:17

ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށާއި މުދައްލުގެ ރައްކާތެރިކަން ޤާއިމްކޮށް ޞުލްޙަވެރިކަމާއެކު ދިރިއުޅުމަށް ފަހި މާޙައުލެއް ދެމެހެއްޓުމަށް ފުލުހުންނާ ސިފައިން ގުޅިގެން މަސައްކަތްތައް ކުރިޔަށް ގެންދެވިދާނެ ގޮތްތަކާ ބެހޭގޮތުން މޯލްޑިވެސް ނެޝަނަލް ޑިފެންސްފޯސްގެ އިސް އޮފިސަރުންނާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރުން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ފުލުހުން ބުނީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލު ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ މާލެއާ އަތޮޅުތަކުގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްޔިތުންނާ ދައުލަތުގެ މުދާ ޙިމާޔަތް ކުރުމުގައި ފުލުހުންނާ ސިފައިން ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިޔަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައިމަރުކަޒުގައި މިއަދު ހަވީރު އޮތް މިބައްދަލުވުމުގައި މިނިސްޓަރ މޫސާ ޢަލީ ޖަލީލުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ވައިސް ޗީފް އޮފް ޑިފެންސްފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޙަސަން ޙަބީބުގެ އިތުރުން ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ސިފައިންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް