ރައީސް މުޙައްމަދު ނަޝީދު މިނިވަންކޮށް ދިވެހިރައްޔިތުންނަށް ޑިމޮކްރަސީ ހޯދައިދިނުމަށް އިންޑިޔާއިން ކެނޑިނޭޅި ކުރަމުން ގެންދާ މަސައްކަތްތަކަށް މި ޕާޓީގެ އެންމެހައި މެންބަރުންގެ ނަމުގައި އެމްޑީޕީން އިންޑިއާއަށް ޝުކުރު އަދާކޮށްފި އެވެ.
އެމްޑީޕީން ބުނީ އިންޑިޔާގެ ވެރިކަން ކުރާ ބީ.ޖޭ.ޕީގެ ލީޑަރު ސުބްރަމާނިޔަން ސްވާމީ ރައީސް މުޙައްމަދު ނަޝީދުގެ މިނިވަންކަމަށް އިންޑިޔާއިން މަސައްކަތްކުރުމަށް ޕްރައިމް މިނިސްޓަރ މޯޑީ އަރިހުގައި އެދިވޑައިގަތުމުން އެމްޑީޕީގެ ފަރާތުން މަރުޙަބާ ދަންނަވާ ކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދު މިހާރުން މިހާރަށް ދޫކޮށްލުމަށް އދ. އިން ގޮވާލުމާ އެކު ބި.ޖޭ.ޕީގެ ލީޑަރު ވިދާޅުވެފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީޢަތް ހިނގައި ދިޔައީ ސިޔާސީ ކުލަވަރު ޖެހިގެން ކަމަށް ބެލެވޭ ކަމަށާއި އަދި ޝަރީޢަތް ހިނގައި ދިޔައީ އެކަށީގެން ނުވާ ގޮތަކަށް ކަމަށާއި ނުފޫޒު ފޯރުވިގެން ކަމުގައެވެސް ސްވާމީ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ސްވާމީ ވިދާޅުވެފައިވަނީ އިންޑިޔާއަކީ ސާރކްގެ އެންމެ ބޮޑު ޤައުމަށްވެ ޑިމޮކްރަޓިކް ޤައުމަކަށްވާތީވެ، ރައީސް ނަޝީދުގެ މައްޗަށް ކުރެވިފައިވާ ދެކޮޅުނުޖެހޭ 13 އަހަރުގެ ޙުކުމް ބާޠިލްކޮށް އެމަނިކުފާނު މިނިވަންކޮށް ސިޔާސީ މަސައްކަތް ކުރުން ކަށަވަރުކުރުމަށް އިންޑިޔާއިން މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް