ހޯދަން އިއުލާނުކުރި އެކަކު ހާޒިވެއްޖެ، އަނެކަކު ހުރިތަނާބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފި

ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން މިއަދު ހޯދަން އިއުލާނުކުރި ދެމީހުންގެ ތެރެއިން އެކަކު ފުލުސް އޮފީހަށް ހާޒިރުވެފައި ވާކަމަށާއި އަނެކަކު ހުރި ތަނުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި...

08 Oct 2015 | 08:54

ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން މިއަދު ހޯދަން އިއުލާނުކުރި ދެމީހުންގެ ތެރެއިން އެކަކު ފުލުސް އޮފީހަށް ހާޒިރުވެފައި ވާކަމަށާއި އަނެކަކު ހުރި ތަނުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެގޮތުން ޏ. ފުވައްމުލައް، މިސްކިތްމަގު، ވިނަ، ޙަސަން ޝާމް (26އ) މިއަދު (2015 އޮކްޓޯބަރ 08) 10:30 ހާއިރު ތަޙުޤީޤު ކުރާ ފަރާތްތަކަށް ގުޅައި އޭނާ މިވަގުތު ހުރި ތަނާބެހޭ މަޢުލޫމާތު ހިއްސާކޮށްފައި ވާކަމަށާއި އަދި ފުލުހުންގެ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވެސް ދީފައި ވާކަމަށެވެ.

މީގެ އިތުރުން ކ. މާލެ، ގ. ޒަމާނީއާކުލަ، އިސްމާޢީލް ސާމިޙް އަޙަމްދު (34އ) މިއަދު (2015 އޮކްޓޯބަރ 08) 12:20 ހާއިރު ފުލުހުންގެ މައި އިދާރާއަށް ޙާޟިރުވެ އޭނާ މިހާރު އުޅޭ ތަނާބެހޭ މަޢުލޫމާތު ހިއްސާކޮށްފައިވާއިރު، ފުލުހުންގެ ތަޙުޤީޤަށް މިވަގުތަށް ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް