މުދާ ހިފައިގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ހުއްޓި ދިޔަވަމުންދަނީ

ބ. އޭދަފުށިން ބ. ކުޑަރިކިއްޔަށް މުދާ ހިފައިގެން ދަތުރުކުރި ދޯޏެއް ބ. އަތޮޅު ނެވިފަރު ފިނޮޅު ކައިރިއަށް ހުއްޓި ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. ފުލުހުން ބުނީ މި ހާދިސާގެ މަޢުޅުމާ...

08 Oct 2015 | 08:15

ބ. އޭދަފުށިން ބ. ކުޑަރިކިއްޔަށް މުދާ ހިފައިގެން ދަތުރުކުރި ދޯޏެއް ބ. އަތޮޅު ނެވިފަރު ފިނޮޅު ކައިރިއަށް ހުއްޓި ދިޔަވަމުންދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގެ މަޢުޅުމާތު މިއަދު 12:15 ހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން ބ. އޭދަފުށީގެ ފުލުހުން ދަނީ ދޯނި ސަލާމަތްކުރުމަށް ދޯނީގެ ފަޅުވެރިންނާއެކު މަސައްކަތް ކުރަމުން ކަމަށެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އެ ދޯންޏަކީ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުތަކެއް ހިފައިގެން ދަތުރުކުރި ދޯންނެކެވެ. ދޯނީގައި ތިބީ އަށް ބިދޭސީންނާއި ދެ ދިވެއްސެކެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް