އައްޑޫ ފްލައިން ސްކޫލުގައި ފްލައިޓެއް ރަންވޭއިން ބޭރުވެ ފުރޮޅާލައިފި

އައްޑޫ ފްލައިން ސްކޫލުގައި ފްލައިޓެއް ލޭންޑް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓި ފްލައިޓް ރަންވޭއިން ބޭރުވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ ފްލައިޓެއް ރަންވޭއިނ...

08 Oct 2015 | 07:04

އައްޑޫ ފްލައިން ސްކޫލުގައި ފްލައިޓެއް ލޭންޑް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓި ފްލައިޓް ރަންވޭއިން ބޭރުވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ ފްލައިޓެއް ރަންވޭއިން ބޭރުވެ ފުރޮޅާލީ ހެނދުނު 11:30 ހާއިރު ކަމަށާއި އެ ފްލައިޓް ދުއްވަން އިނީ ދިވެހި އަންހެން ދަރިވަރެއް ކަމަށެވެ. އަދި އެ ކުއްޖާއަށް އެއްވެސް ވަރެއްގެ އަނިޔާއެއް ނުލިބުނު ނަމަވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ދުވަހަށް މައުލޫމާތު ދިން މީހާ ހާމަކުރި އެވެ.

"ލޭންޑް ކުރަން އުޅުމުގެ ތެރޭގައި ރަންވޭއިން ބޭރުވެ އަރިއަޅާލީ، އެއްކޮށް ފުރޮޅައެއްވެސް ނުލާ، ދުއްވަން އިން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އަނިޔާ ވެގެނެއް ނޫން، ނަފްސާނީ ގޮތުން ކޮންމެވެސް އަސަރެއްގެ އަސަރެއް ކުރިކަމަށް ބެލެވެނީ" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މި ހާދިސާގައި ފްލައިޓް އަރިއަޅާލާފައިވީނަމަވެސް ފްލައިޓަށްވެސް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް