އެޕަލް އިން އަލަށް ތައާރަފްކުރި އައިފޯނު 6 އެސް އަދި 6 އެސް ޕްލަސް ދިރާގުން ވިއްކަން ފަށައިފި އެވެ.
މިކަމަށްޓަކައި ރޭ 12 ޖެހުމާއެކު ދިރާގުން ވަނީ ކުލަ ގަދަ ހަފްލާއަކާއެކު އެކުންފުނީގައި ޕްރީ އޯޑާހަދާފައިވާ ފަރާތަތްކަށް އައިފޯން ދޫކުރަން ފަށާފައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ އައިފޯން ގަތުމަށް ކިޔޫ ހަދާފައެވެ.
ދިރާގުން ބުނީ ޕްރީ އޯޑަރަށް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ޕްރީ އޯޑަރު ހަދާފައި ކަމަށެވެ. އެގޮތުން މިރޭ އެތައް 100 ބަޔަކަށް އައިފޯން ދޫކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން އިތުރަށް ބުނީ ބޮޑަށް އިސްކަންދޭނީ ޕްރީ އޯޑަރ ނަގާފައިވާ ފަރާތްތަކަށް ފޯން ދޫކުރަން ކަމަށާއި ޕްރީ އޯޑަރުގެ އިތުރުން ފޯން ވިއްކަންވެސް ފަށާނެ ކަމަށެވެ. އަދި މިހާރު ހުރި ސްޓޮކަށް ވުރެ ޑިމާންޑް ބޮޑު ކަމަށާއި އިތުރަށް އައިފޯން ވިއްކުމަށް އެޕަލްއާއެކު ވާހަކަ ދެކެވެމުން އަންނަ ކަމަށްވެސް ދިރާގުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް