ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދަން އިއުލާނުކޮށްފި

ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދަން އިއުލާނުކޮށްފި އެވެ. ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ ކ. މާލެ، ގ. ޒަމާނީއާކުލަ، އިސްމާޢީލް ސާމިޙް އަޙަމްދު (34އ) އާއި ޏ. ފުވައް...

08 Oct 2015 | 04:43

ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ދެމީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ މަތީގައިވާ ފޮޓޯއިން ފެންނަ ކ. މާލެ، ގ. ޒަމާނީއާކުލަ، އިސްމާޢީލް ސާމިޙް އަޙަމްދު (34އ) އާއި ޏ. ފުވައްމުލައް، މިސްކިތްމަގު، ވިނަ، ޙަސަން ޝާމް (26އ) އަކީ ފުލުހުންނަށް ހުށަހެޅި ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ދެމީހުން ކަމަށެވެ.

ފޮޓޯއިން ފެންނަ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް