ބޭސްފަރުވާ އާއި އެހެނިހެން ޒަރޫރީ ބޭނުންތަކުގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ އަވަށްޓެރި އިންޑިއާގެ ޓްރިވެންޑްރަމްގެ މިސްކިތެއްގައި ދިވެހިންނަށް ހާއްސަ ހިނަވާގެއެއް އެޅުމަށް ބިންގާ އަޅައިފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުން ޓްރިވެންޑްރަމްގެ ޖުމްއާ މިސްކިތުގައި ހިނަވާގެއެއް އެޅުމަށް ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު އެވެ. އިސްލާމިކް މިނިސްޓަރު މިވަގުތު ހުންނެނީ ޗުއްޓީއެއްގަ އެވެ.
އިންޑިއާގެ ޓްރިވެންޑްރަމްގައި ދިވެއްސަކު ނިޔާވެއްޖެ ނަމަ މީގެ ކުރިން ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދަނީ އިންޑިއާގެ ވައްލަކައްޑަވު މުސްލިމް ޖަމާއަތުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.
ދިވެހިންނަށް ހާއްސަ ހިނަވާގެއެއް އެޅުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ރާއްޖޭގެ ކޮންސުލް އަލީ އާދަމް އާއި ޑެޕިއުޓީ ކޮންސުލް ޖާދުﷲ ތައުފީގުގެ އިތުރުން ސައިފުއްދީން ހާޖީ އާއި އިސްމާއިލްކުޓީ ހާޖީގެ އިތުރުން އެސްއެމް ހަނީފާ ބައިވެރިވެވަޑައިގެންނެވި ކަމަށް އިންޑީއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް