މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ތިން މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އެބަ ގެންދެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މާފަންނު ބަސް ޓާމިނަލް ކައިރީގައި މި އެކްސިޑެންޓް ހިނގާފައިވަނީ އިރު އޮއްސި 06:29 ހާއިރުގައެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެ ސައިކަލު ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެކްސިޑެންޓާއި ގުޅިގެން ދިވެހި ފިރިހެނަކަށާއި ބިދޭސީ ދެ ފިރިހެނަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ބުނެފައިވީނަމަވެސް އެމީހުންގެ ހާލު އަދި ސާފެއް ނޫނެވެ.
މާލޭގައި މިރޭ އެކްސިޑެންޓެއް ހިނގާފައިވާއިރު ފާއިތުވި ހަތް ދުވަހުގެތެރޭގައިވެސް މާލެ ސަރަހައްދުގައި ގިނަ އެކްސިޑެންޓްތަކެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެއިން ދެ އެކްސިޑެންޓެއްގައި ދެ ޒުވާނެއްގެ ފުރާނަވެސް ގެއްލިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް