އިންޑިއާގެ މަޝްހޫރު ފިލްމީތަރި ދިޕިކާއާއި ރަންވީރު ސިންގަށް އަންހެން ދަރިއަކުލިބުމުން ފޭނުން އެކަމާއި އުފާ ފާޅުކޮށްފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ދިޕިކާ ވިހާފައި ވަނީ މިއަދެވެ. އަދި އިއްޔެ އިންޑިއާގެ މުމްބާއީގެ ގިރްޖައޮން އެޗް.އެން ރެލިއަންސް ހޮސްޕިޓަލުން ދިޕިކާ ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.
މިއަދު އެ ދެމަފިރިން ވަނީ ދަރިފުޅަށް މަރުހަބާ ކިޔާ ސޯސަލް މީޑިއާގައި ޕޯސްޓެއްވެސް ކޮށްފައެވެ.
ދީޕިކާ އަދި ރަންވީރު ދެމަފިރިންނަށް ދަރިއެއް ލިބޭކަން މީގެ ކުރިން ވަނީ އިއުލާން ކޮށްފައެވެ. ދިޕިކާ ވިހާނެ ކަމަށް އޭރު ލަފާކޮށްފައިވަނީ މި މަހު28 ވަނަ ދުވަހެވެ. އެހެން ނަމަވެސް އޭނާ ވިހާފައި އެވަނީ އޭނާ ވިހެއުމަށް ލަފާކުރި ތާރީހަށް ވުރެން ކުރިންނެވެ.
ދީޕިކާ އަދި އޭނާގެ ދަރިފުޅުގެ ހާލުވެސް ރަގަނޅުކަމަށް އިންޑިއާގެ ނޫސް ތަކުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް