އަތުހަރުގެ ހަށިގަނޑު މިރޭ ވަޅުލާނެ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށް، ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ އަތުހަރުގެ ހަށިގަނޑު ޕޯސްމޯޓަމްއަށް ފަހު މިއަދު މާލެ ގެނެސް މިރޭ ވަޅުލުމަށް ވަނީ ނިންމާފ...

08 Sep 2024 | 10:12

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވުމަށް މަސައްކަތްކޮށް، ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ އަތުހަރުގެ ހަށިގަނޑު ޕޯސްމޯޓަމްއަށް ފަހު މިއަދު މާލެ ގެނެސް މިރޭ ވަޅުލުމަށް ވަނީ ނިންމާފައެވެ.

އާއިލާއާއި ހަވާލާދީ ނޫސްތަކުން ރިޕޯޓުކުރާގޮތުގައި އޭނާގެ ހަށިގަނޑު ރާއްޖެ ގެންނާނީ މިއަދު އިރުއޮއްސޭ އިރެވެ. އަދި އޭނާ ވަޅުލުމަށް ހަމެޖެހިފައިވަނީ މިރޭ10:00 ޖަހާއިރު ހުޅުމާލެ ސަހަރާ މިސްކިތުގައި ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

އަތުހަރުގެ ޕޯސްމޮޓަމްއެއް ހެދުމަށް ފުލުހުން ނިންމާފައިވަނީ އާއިލާއިން އެކަމާއި ދެކޮޅު ހަދާފައި ވަނިކޮށް ކަމަށް ވެސް އަތުހަރުގެ އާއިލާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ޕޯސްމޯޓަމް ހެދުމަށް ނިންމީ ޖަލުގައި ހިނގާ ކަމަކުން މަރުވާ ކޮންމެެ މީހެއްގެ ޕޯސްޓްމޯޓަމް ހަދަން އޮންނަ އުސޫލުގެ ތެރެއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް