ރާއްޖޭގެ ރިޒާވާއި ޔޫޒަބަލް ރިޒާވެސް ޖުލައި މަހާ އަޅާ ބަލާއިރު މިދިޔަ އޮގަސްޓު މަހު އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު395.4 މިލިއަން ޑޮލަރުގައި ހުރި ޖުމްލަ ރިޒާވް އޮގަސްޓު މަސް ނިމުނުއިރު ވަނީ444 މިލިއަން ޑޮލަރަށް އިތުރެވެފަައެވެ.
އެއީ23.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ބޭނުންކުރެވޭ ރިޒާވްގައި ޖުލައި މަހު44 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް އޮގަސްޓު މަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވް ވަނީ61.22 މިލިއަން ޑޮލަރަށް އިތުރުވެފައެެވެ.
އެގޮތުން އެމްއެމްއޭއިން އަންދާޒާކުރަނީ، މިއަހަރުގެ ނިޔަލަށް ޔޫސަބަލް ރިޒާވައި ސޮވެރިން ޑިވެލޮޕްމަންޓު ހިމަނަައިގެން ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ ބަޖެޓަށް އަންދާޒާ ކުރި އަދަދު ކަމަށްވާ606 މިލިއަން ޑޮލަރަށްވުރެ އިތުރުވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް