ޑޮލަރު ވިއްކާކަމަށްބުނެ ފައިސާ އަތުލަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.
އެގޮތުން މިއަދު ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑޮލަރު ވިއްކާކަމަށްބުނެ، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް ދަނީ އިތުރުވަމުން ކަމަށެވެ.
"ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި، އިތުބާރުހުރި ގާނޫނީގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާ މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމުން ސަލާމަތްވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް" ފުލުހުން ބުނެފައިވެއެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި "އޭޓީއެމްތަކަށް ދެނެ ނުގަނެވޭފަދަ" ކައުންޓަފީޓެޑް ޑޮލަރު ވިއްކާކަމަށްބުނެ އިސްތިހާރުތައް ކުރަމުންދިން މި ފަހަކަށްއައިސްވަނީ ވަރަށް ބޮޑަށް އިތުރުވެގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް