ލިބޭ އެއްޗަކީ ކޯއްޗެއްކަމާމެދު އުފެދުނު ބޮޑު ސުވާލުގެ ޖަވާބު މިއޮތީ

ނިމިދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު އެއް ސުވާލަކަށް އުފެދިފައި އޮތީ މާލޭގެ އެތަން މިތާނގައްޔާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރާލާފައިވާ "ލިބޭ" ޕޯސްޓަރުތަކުގެ ވާހަކައެވެ. އެއީ ކޯއްޗެއް "ލިބޭ" ...

08 Sep 2024 | 04:55

ނިމިދިޔަ ހަފްތާގެ ތެރޭގައި އެންމެ ބޮޑު އެއް ސުވާލަކަށް އުފެދިފައި އޮތީ މާލޭގެ އެތަން މިތާނގައްޔާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރާލާފައިވާ "ލިބޭ" ޕޯސްޓަރުތަކުގެ ވާހަކައެވެ.

އެއީ ކޯއްޗެއް "ލިބޭ" ވާހަކަތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. ތަންތާނގައި ހަރުކޮށްފައިހުރި "ލިބޭ" ޕޯސްޓަރުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުން ހިއްސާކުރަމުން އުފައްދަމުންދިޔަ ސުވާލަކީ "ލިބެނީ ކޯއްޗެއްތޯ؟" މި ސުވާލެވެ.

މި ސުވާލުގެ ޖަވާބު މިއަދު މިވަނީ ލިބިފައެވެ. އެއީ ރާއްޖޭގެ 60 އިންސައްތައަށް އުރީދޫގެ ސުޕަރ ފާސްޓް، 5G އިންޓަނެޓް މިހާރު ލިބޭ ވާހަކައެވެ.

މިބުނާ "ލިބޭ" އަކީ އެއީކަން ހާމަވެގެންދިޔައީ އުރީދޫ މޯލްޑިވްސް އިން މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއަކުންނެވެ.

އެގޮތުން ކުރިން "ލިބޭ" ޖަހާފައި އެތަން މިތާނގައި ހަރުކޮށްފައިވާ ޕޯސްޓަރުތަކުގައި "ލިބޭ" ގެ ކުރިއަށް "5G" އެއްކޮށްލާ މަންޒަރެވެ.

2022ގައި ފުރަތަމަ ފަހަރަށް މުޅި މާލެއަށް އެކަނި ދޫކޮށްލި 5G ސްޕީޑްގެ އިންޓަނެޓް ރާއްޖޭގެ 60 އިންސައްތައަށް މިހާރު ލިބޭނެކަން ފުރަތަމަ އުރީދޫއިން ހާމަކުރީ މިދިޔަ މަހު އެ ކުންފުނިން ފާހަގަކުރި އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަހުގައެވެ.

https://www.facebook.com/OoredooMaldives/videos/1928490090999638/?__cft__[0]=AZUtethQH8l7ywSQ__NuS93wWzV8dTcrQnmgZyjsAyQmW2IItV_4XztIpguX6oBvN-ErUljIrgC1S14sXVYryxmgbXw72tKLPTZXuKX4s1KAz4rrBkqEA_He2P8rYsGbeO5hR2kqtPEimng4B0HsT0-20C9aAzkuMTGnE1iHnSp8UjQ4wMCYcKM3Z-pS53wNG_H5TEBR0FVV6mBCvwygVnSy&__tn__=%2CO%2CP-R

އުރީދޫއިން ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމުގައި އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 އިންސައްތަ އަށް ލިބިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެކަން ހާމަކޮށް އުރީދޫއިން ބުނެފައިވަނީ ޑިޖިޓަލް އިނޮވޭޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން، ހަލުވި ސްޕީޑާއި، ލެޓެންސީ ދަށްވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއްގެ އެކްސްޕީރިއަންސެއް ލިބިގެންދާނެކަން ފާހަގަކުރާކަމަށެވެ.

މިއާއެކު އުރީދޫ ވެގެންގޮސްފައިމިވަނީ ރާއްޖޭގައި 5G ހިދުމަތްދޭ އެންމެ ބޮޑު ނެޓްވޯކު ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް