ބުދަ ދުވަހުގެ ރޭގެ އެކްސިޑެންޓާއި ގުޅިގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ޒުވާނާ މަރުވެއްޖެ

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ޒުވާނާ މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އަބްދު...

08 Sep 2024 | 02:49

މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ޒުވާނާ މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އަބްދުލް ލަތީފެވެ.

ފުލުހުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބުނިގޮތުގައި ބުދަ ދުވަހުގެ ރޭ ދަންވަރު 12:53 ހާއިރު ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލަކާއިޖެހި އެކްސިޑެންޓެއް ހިނގިއެވެ.

އެދުވަހު ދުވަހަށް މައުލޫމާތުދެމުން އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވަނީ 21 އަހަރުގެ އެ ޒުވާނާއަށް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެނގިފައިވާގޮތުގައި ލީވާން މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެ ހާދިސާގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެ ފޮޓޯތަކުން ފެންނަގޮތުގައި ޓެކްސީއެއްގެ ޑްރައިވަރު ސީޓާއި ދިމާއިން ދޮރާ ދިމާގައި ކާރުގައި ސައިކަލު ޖެހިފައިވާއިރު ސައިކަލު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ބުދަ ދުވަހުގެ ރޭގެ އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މަރުވެފައިވާއިރު ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައިވެސް ޒުވާނަކު ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް