އިލެކްޝަންސް ކޮމިޝަން ފުރިހަމައަށް ތައްޔާރު، ކިއު ހުޅުވާލާނީ 7:30ގައި

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ. މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނައި...

08 Sep 2023 | 18:13

މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވަރަށް ފުރިހަމައަށް ތައްޔާރުވެވި އިންތިޒާމުތައް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ.

"ވަރަށް ހެނދުނާ އޮފިޝަލުން ވޯޓުލާ މަރުކަޒުތަކަށް ގޮސް، ތައްޔާރުވާނެ" ހަބީބް ވިދާޅުވިއެވެ.

ހަބީބް އިލްތިމާސްކުރެއްވީ ދުރާލާ ތިމާ ވޯޓުލާ ފޮށީގެ މައުލޫމާތު ހޯދާ، ވޯޓުލާން ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ނުވަތަ ޕާސްޕޯޓު ކާޑު ނުވަތަ ލައިސަންސް ގެންދިއުމަށެވެ.

ކެމްޕޭނު ކުރުމުގެ ފުރުސަތުގެ ވަގުތު މިއަދު ހަވީރު 06:00 އަށް ހަމަވެފައިވާއިރު އާދީއްތަ ދުވަހުގެ ހެނދުނު 06:00 އާއި ހަމައަށް ޖަގަހަތައްވެސް ހުޅުވާފައި ނުބެހެއްޓޭނެކަމަށް މިހާރު ވަނީ ނިންމާފައެވެ. އެހެންނަމަވެސް ޖަގަހަތައް ބަންދުކޮށްގެން އެތެރޭގައި އިދާރީ ކަންކަން ކުރުމަކުން މައްސަލައެއް ނެތްކަންވެސް ހަބީބު ފާހަގަކުރެއްވިއެވެ.

މާދަމާ ވޯޓުލުން ފަށާ ގަޑިއަކީ ހެނދުނު 08:00 ނަމަވެސް 07:30 ގައި ކިޔު ހުޅުވާލާނެކަން ހަބީބު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް