މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލާފައިވާ ކެނޑިޑޭޓުން އެ ކެނޑިޑޭޓުންގެ ކެމްޕޭނު ހަރަކާތްތައް ނިންމުން މިއަދު ހަވީރު ކުރިއަށްގެންދާނެއެވެ.
އެގޮތުން ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ނިންމުގެ ހަރަކާތް ފަށަން ނިންމާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ. މެންދުރުފަހު 3:45 އަށް ސަޕޯޓަރުން ދިއުމަށް ޕީޕީއެމް ޕީއެންސީ ކޯލީޝަނުން އެދިފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕޭނު ނިންމުމުގެ ހަރަކާތް ފަށަން ނިންމާފައިވަނީ ހެންވޭރު ދަނޑު ކައިރިން މަޖީދީ މަގުންނެވެ. އެ ހަރަކާތް ފެށުމަށް ނިންމާފައިވަނީ ހަވީރު 04:00 ގައެވެ.
ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭނު ނިންމުމުގެ ހަރަކާތް ރައީސް ނަޝީދާއެކު 4:30 ގައި ރަސްފަންނު ސަރަހައްދުން ފަށަން ނިންމާފައިވާއިރު އަމިއްލަ ގޮތުން ކުރިމަތިލައްވާ ކެނޑިޑޭޓް ފާރިސް މައުމޫންގެ ކެމްޕޭން ނިންމާ ހަރަކާތް ފަށަން 04:00ގައި ސީ ހައުސް ކުރިމަތިންނެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ކެމްޕޭނު ނިންމާ ހަރަކާތް ބާއްވަން ނިންމާފައިވަނީ ހުޅުމާލޭގައެވެ. އެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 04:00ގައި ހާއްސަ ރެލީއެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އަމިއްލަ ގޮތުން ވާދަކުރާ ދެ ކެނޑިޑޭޓުން ކަމުގައިވާ އުމަރު ނަސީރާއި ހަސަން ޒަމީލްގެ ކެމްޕޭނު ނިންމުގެ ހަރަކާތުގެ މައުލޫމާތެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް